އިދިކޮޅު އިއްތިހާދުން މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފި
ފާޠިމަތު ނަޝްވާ16 އޮގަސްޓް 20261
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިއްތިހާދުން ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ. މި އެއްވުން ކުރިއަށް ގެންދިޔައީ ކާނިވާ ސަރަޙައްދުގައެވެ.
އެއްވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ދިރިއުޅުމުގެ އަގުބޮޑުވުމާއި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. އަދި 2028ގެ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރިއަށްދާކަން ވެސް ހާމަކުރެއްވިއެވެ.
އެއްވުން ނިމިގެން ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ. ފުލުހުން ވަނީ އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓާފައެވެ.
މި ޚަބަރު ކަމުދިޔަނަމަ ލައިކްކޮށް ޝެއާކޮށްލައްވާ
ގުޅުންހުރި ޚަބަރު
ކޮމެންޓް (1)
މ
މަރްޔަމް17 އޮގަސްޓް 2026
ސުލްޙަވެރި އެއްވުމަކަށް ވީތީ އުފާކުރަން.
