ރިޔާސީ ރޭސް ޕޯލް: ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން
ރިޔާސީ ރޭސް 28 އިން ކުރިއަށްގެންދާ ޚިޔާލު ހޯދުމުގެ ޕޯލްގައި މިހާތަނަށް ފަސް ސަތޭކައަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އެންމެ ގިނަ ބަޔަކު އިސްކަން ދިނީ ބޯހިޔާވަހިކަމުގެ މައްސަލައަށެވެ.
ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އިޤްތިޞާދަށެވެ. ޞިއްޙީ ޚިދުމަތާއި ތަޢުލީމު އައީ އޭގެ ފަހަތުންނެވެ. މި ނަތީޖާއިން ފެންނަނީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ދެމިއޮތް ކަމެވެ.
ޕޯލްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުނަމަ މައި ޞަފްޙާގައިވާ ޕޯލް ބޭނުންކުރައްވާށެވެ. ނަތީޖާ ކޮންމެ ހަފުތާއަކު މުރާޖަޢާކުރެވޭނެއެވެ.
މި ޚަބަރު ކަމުދިޔަނަމަ ލައިކްކޮށް ޝެއާކޮށްލައްވާ
ކޮމެންޓް (1)
ފާޠިމަތު18 އޮގަސްޓް 2026
ބޯހިޔާވަހިކަން އެއްވަނައަށް އައުމަކީ ހައިރާންވާ ކަމެއް ނޫން.
