މިނެކިރުން: ބޯހިޔާވަހިކަމުގެ ވަޢުދު — ޢަދަދުތައް ބުނަނީ ކީކޭ؟
ފާޠިމަތު ނަޝްވާ18 އޮގަސްޓް 20261
ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ފަސް އަހަރުގެ ތެރޭގައި ދިހަ ހާސް ހައުސިން ޔުނިޓް ނިންމުމެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ނިމިފައިވަނީ ގާތްގަނޑަކަށް ތިން ހާސް ޔުނިޓެވެ.
މާހިރުން ވިދާޅުވަނީ މަޝްރޫޢުތައް މިހާރުގެ ސްޕީޑުގައި ކުރިއަށްދާނަމަ ދައުރު ނިމޭއިރު ވަޢުދު އެއްކޮށް ފުއްދުން ދަތިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަނީ ބޮޑެތި މަޝްރޫޢުތަކެއް އަލަށް ފެށެން އޮތުމުން އަމާޒަށް ވާސިލުވެވޭނެ ކަމަށެވެ.
މިނެކިރުމުގެ ނަތީޖާ: މަސައްކަތް ދަނީ ކުރިއަށެވެ. ނަމަވެސް މިހާރުގެ ދުވެލިން އަމާޒަށް ވާސިލުވުން ވަނީ ސުވާލެއްގެ ތެރޭގައެވެ.
މި ޚަބަރު ކަމުދިޔަނަމަ ލައިކްކޮށް ޝެއާކޮށްލައްވާ
ކޮމެންޓް (1)
އ
އަހަރެން19 އޮގަސްޓް 2026
ޚިާލުސ ބުނެލީ
