ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނައުމުގެ ބިލެއް ހުށަހަޅައިފި
ފާޠިމަތު ނަޝްވާ15 އޮގަސްޓް 20260
ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ބިލުގައި ހިމެނޭ އެންމެ މުހިންމު އިޞްލާޙަކީ ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީގެ މިންވަރު ދައުލަތުގެ އާމްދަނީގެ ނިސްބަތުން ކަނޑައެޅުމެވެ. މީގެ އިތުރުން ބިން ކުއްޔަށް ދޫކުރުމުގެ ބާރު ފުޅާކުރުމަށް ވެސް ވަނީ ހިމަނާފައެވެ.
މި ބިލަށް ގިނަ ކައުންސިލްތަކުން ވަނީ މަރުޙަބާ ކިޔާފައެވެ. ނަމަވެސް ބައެއް މެންބަރުން ވިދާޅުވީ ކޮމިޓީ މަރުޙަލާގައި ބިލު އިތުރަށް ފުރިހަމަކުރަން ޖެހޭ ކަމަށެވެ.
މި ޚަބަރު ކަމުދިޔަނަމަ ލައިކްކޮށް ޝެއާކޮށްލައްވާ
ގުޅުންހުރި ޚަބަރު
ކޮމެންޓް (0)
އަދި ކޮމެންޓެއް ނެތް — ފުރަތަމަ ޚިޔާލު ފާޅުކުރައްވާ!
