ހައުސިން މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން ފާސްކޮށްފި
މުޙައްމަދު އަޒާން14 އޮގަސްޓް 20260
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހައުސިން މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީގެ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީގެ މުޤައްރިރު ވިދާޅުވީ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް މަޝްރޫޢުތައް ލަސްވަމުން ދިއުން ކަމަށެވެ. މިނިސްޓަރު ހާޒިރުވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ.
މިނިސްޓްރީން ބުނީ ކޮމިޓީއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
މި ޚަބަރު ކަމުދިޔަނަމަ ލައިކްކޮށް ޝެއާކޮށްލައްވާ
ގުޅުންހުރި ޚަބަރު
ކޮމެންޓް (0)
އަދި ކޮމެންޓެއް ނެތް — ފުރަތަމަ ޚިޔާލު ފާޅުކުރައްވާ!
