ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފި
އަޙްމަދު ޝިޔާމް17 އޮގަސްޓް 20260
ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
އީސީން ބުނީ ލިސްޓުގައި ދެ ލައްކައަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ދެ ހަފުތާގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާ ހުށަހެޅޭނީ އީސީގެ ވެބްސައިޓް މެދުވެރިކޮށާއި ކައުންސިލް އިދާރާތަކުގެ ކައުންޓަރުތަކުންނެވެ. ލިސްޓު ފައިނަލްކުރުމަށްފަހު ވޯޓުލާ މަރުކަޒުތައް ކަނޑައަޅާނެއެވެ.
މި ޚަބަރު ކަމުދިޔަނަމަ ލައިކްކޮށް ޝެއާކޮށްލައްވާ
ގުޅުންހުރި ޚަބަރު
ކޮމެންޓް (0)
އަދި ކޮމެންޓެއް ނެތް — ފުރަތަމަ ޚިޔާލު ފާޅުކުރައްވާ!
