މި ދައުރުގައި ސާޅީސް ބިލެއް ފާސްކުރެވުނު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ
މުޙައްމަދު އަޒާން12 އޮގަސްޓް 20260
ނިމުނު ދައުރުގައި ސާޅީސް ބިލެއް ފާސްކުރެވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ފާސްކުރެވުނު ބިލްތަކުގެ ތެރޭގައި އިޤްތިޞާދީ އަދި އިޖުތިމާޢީ މުހިންމު ބިލްތަކެއް ހިމެނޭ ކަމަށެވެ. އަދި އަންނަ ދައުރުގައި ކޮމިޓީތަކުގެ މަސައްކަތް އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުގެ ޖަލްސާތައް ރައްޔިތުންނަށް ފެންނާނެ ގޮތް އިތުރަށް ފަހިކޮށްދިނުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޚަބަރު ކަމުދިޔަނަމަ ލައިކްކޮށް ޝެއާކޮށްލައްވާ
ގުޅުންހުރި ޚަބަރު
ކޮމެންޓް (0)
އަދި ކޮމެންޓެއް ނެތް — ފުރަތަމަ ޚިޔާލު ފާޅުކުރައްވާ!
